Archive | މާރިޗު 2013

ކިޔަވައިދިނުމުގައި އަޅުގަނޑުގެ ފަލްސަފާ

301644_156179801144890_100002586122579_251765_1735480213_a
މި މަސައްކަތުގައި މި ހުށަހަޅާލަނީ ޓީޗަރެއްގެ ހައިސިއްޔަތުން، ކިޔަވައިދިނުމުގައި ގެންގުޅޭނެ ފަލްސަފާއެވެ. މިފަލްސަފާ ތައްޔާރު ކުރުމުގައި ވިސްނާފައިވާނީ ލަރނިންގ ތިޔަރީތަކަށެވެ. އެ ތިޔަރީތަކުގެ ވަރުގަދަ އަދި ނިކަމެތި ނުކުތާތަކަށް ވިސްނާފައިވާނެވެ. މިފަލްސަފާ އެކުލަވައިލުމުގައި ދިވެހިރާއްޖޭގެ ގައުމީ ފަލްސަފާގެ މައިގަނޑު މަގުޞަދަށް ބަލައިލީމެވެ. ސަބަބަކީ ކިޔަވައިދޭން ޖެހެނީ ގައުމީ ފަލްސަފާއަށް ރިޢާޔަތްކޮށްގެންކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ އެވެ.
ކިޔަވައިދިނުމުގައި އަޅުގަނޑު ގެންގުޅޭނެ ފަލްސަފާ ބިނާކުރީ ދަސްކުރުމުގެ ތިޔަރީ ތަކަށެވެ. އެގޮތުން ކިޔަވައިދިނުން ކުރިއަށް ގެންދެވޭނީ “ތިމާވެސް” ބޭނުންކޮށްގެންނެވެ. “ތިމާވެސް” ގެ “ތ” ރަމްޒުކުރަނީ ތަޖުރިބާ އެވެ. “މ” ރަމްޒުކޮށްދެނީ މާހައުލެވެ. “ވ” ރަމްޒުކޮށްދެނީ ވިސްނުމެވެ. އަދި “ސ” ރަމްޒުކުރަނީ ސްލޫކެވެ. އަޅުގަނޑުގެ ފަލްސަފާއަކީ މި 4 ބަޔަށް ޚާއްޞަ ސަމާލުކަމެއް ދީގެން ކިޔަވައިދިނުމެވެ. މިގޮތުން ކިޔަވައިދޭއިރު ވިސްނާނެ ކަންތައްތައް ތިރީގައި އެވަނީއެވެ.
ކިޔަވައިދިނުމުގައި ތަރުޙީބު ދިނުމަށާއި އަދަބު ދިނުމަށް ސަމާލުކަން ދެވޭނެއެވެ. ނަމަވެސް މިކަންކުރުމުގައި ގޮތްތަކެއް ކަނޑައަޅާނީ ދަރިވަރުންނެވެ. ފިލާވަޅު ނުނިންމާނަމަ ދޭނީ ކޮންކަހަލަ އަދަބެއްކަން، ތަކުރާރުވާނަމަ ހަދާނީ ކިހިނެއްކަން، މިފަދަކަންކަން މުދައރިސްގެ އިރުޝާދާއެކު ނިންމާނީ ދަރިވަރުންނެވެ. ކިޔަވައިދޭން ފެށުމުގެކުރިން ދަރިވަރުންލައްވާ މިފަދަކަންކަން ކަނޑައަޅާ ކުލާސްތެރޭ ހަރުކުރެވޭނެއެވެ. މިގޮތަށް ކަންކުރަނީ އަދަބު ދިނުމުން، މުދައްރިސާއި މާއްދާދެކެ ދަރިވަރުން ވާ ފޫހި ކުޑަކުރުމަށްޓަކައެވެ. އަދަބު ދިނުމުން އެއީ ދަރިވަރުން އަމިއްލައަށް ލިބިގަތް ކަމެއްކަން ގަބޫލު ކުރުވުމަށެވެ. މިގޮތުން ޕޮޒިޓިވް ކިޔުން ކުރިޔަށް ގެންދޭ
އިސްތިހާރު

ދެހާސް ރުފިޔާ ލިބުމުން

ދެހާސް ރުފިޔާ old_woman_by_p_a_i_k_e_a-d315b5bލިބުމުން

ހާދަހާ ރަނގަޅޭ ދަރިން، އަދު ހާދަހާ ލޯތްބެއް ވެޔޭ
ހާދަހާ ގިނަ ކަންކަމެއްގައި ހެޔޮ ނަޞޭހަތްވެސް ދެޔޭ

ކެއްސުމެއް ކުޑަކުޑަ އަޔަސް، ނާ ހާދަ ބޮޑުކަމަކަށްވެގެން
ކޮންމެ ފަހަރަކު ދަރިޔަކާއެކު ޑޮކްޓަރަށް އެބަ ގެންދެޔޭ

އެންމެ ފަހަރަކު ކައިހަދައިގެން އުޅުނު ހިތްދަތިކަން ފިލައި
ކޮންމެ ފަހަރަކު ކާން ހަދައިގެން ކާން ބަލައި އެބަ އާދެޔޭ

ރީތިހާ ހެދުމާއި ގަހަނާ އިއްޔެ ހޯދައި ނުދެވުނަސް
ރީތިހާ ސާމާނުތައް އަދު އެކި ދަރިން އެބަ ގަނެދެޔޭ

އޮތް ތަނުން ހިރިލާނެ ހިތްވަރު ނެތި މިއަދު މުސްކުޅިވިޔަސް
ގޮތްތަކެއް ހޯދައިދެވޭތޯ އާއިލާ އުޅެގެންފިޔޭ

ކޮންމެ ފަދަ އުނދަގޫތަކެއް ޖެހުނަސް އެތައް ވަގުތެއް ދިޔަސް
ކޮންމެ ތަކުލީފެއް ޖެހުނު ކަމުގައިވިޔަސް ހޮޔޮވެއްޖެޔޭ

އިއްޔެ ވީ ބުރަޔާއި އުނދަގޫ ފެންފޮދެއް ދިއްކޮށްލުމަށް
ކުއްލި ބަދަލާއެކު ފަސޭހައަކަށް އެކަން ވެ ނިމިއްޖެޔޭ

ފެންނަކަމަކަށް ނުހެދިޔަސް އެދުވަހު މަގޭ ހާލާ އުޅުން
ކޮންމެ ލޮލަކަށް ފެނި މިއަދު ކަންބޮޑުވެ ޝަކުވާ ކޮށްފިޔޭ

އެންމެ އޯގާތެރި އަތެއް ކަމުގައި އެއަތް ހެދުމަށްޓަކައި
ކޮންމެ ދަރިއަކުވެސް މިއަދު އެކަމަށްޓަކައި ތެދުވެއްޖެޔޭ

އެންމެ ފަހު ގޮތަކަށް މިއަދު އެލިބޭ ދެހާސް ރުފިޔާ މަށަށް
އެންމެހާ ލޮބުވެތި ދަރިންނަށް ބައި އަޅަން މަ ޖެހިއްޖެޔޭ

އެންމެ ފަހު ނޭވާލަމުން ޝުކުރާއެކީގައި ބުނެލަމޭ
މަންމައެއްގެ އަގަށް މިއަދު އެލިބޭ “ދެހާސްގަނޑު” ވެއްޖެޔޭ

29 ޑިސެމްބަރ 2012

އަންހެނުންނޭ ތެދުވަމާހޭ

dreamstimecomp_9633969
  • އަންހެނުންނޭ ތެދުވަމާހޭ
އަންހެނުންނޭ ތެދުވަމާހޭ ހައްގު ހޯދާން އަތުގުޅާލާ
ވަންހަ މިދެކޭ ބަނަ ވިލާތައް ބޯމަތިން އެކުގާ ކަހާލާ
އެންމެހާ ކަނބަލުންގެ ޝަރަފަށް ހައްގުގައި ސާބިތުވެލާ
ހާދަ އަނިޔާއެއް ތަހައްމަލު، އަންހެނުން ކުރަމުންދެޔޭ
ހާދަހާ ވޭނެއް މިބިމުގައި، މަންމައިން އުފުލައިފިޔޭ
ހާދަގިނަ ކެކުޅުމުގެ ހިތިރަހަ، ދައްތައިން ކަރުގައިލަޔޭ
ދެން އިތުރު އަނިޔާ ނުދޭށޭ، ވޭން އަޅާ އެބަ މިހިތުގައި
ފުން ހިތާމައިން ގިސްލެވޭ ގިނަ، ކަންކަމުގެ މިހަނދާނުގައި
ފުން މިނޭވޭ ހުއްޓިދާ ފަދަ ، ހިތްދަތިވި އިހުސާސުގައި
ކޮން ކަމެއް ހޭ ނުކުރަނީ، ކަނބަލުން ދިވެހި ގައުމަށްޓަކާ
ކޮން ހިތެއްހޭ ނުފުރެނީ، މާތް މަންމަ ދިން ލޯތްބަށްޓަކާ
ކޮން މަގެއްހޭ ނުކޮށަނީ، މާތް މާމައިން މިއަދަށްޓަކާ